Tuesday, May 29, 2007

THE LIFE


Thats what the life of the pigeons should be like free and able to roam as much as they want. Then again they flew off when i tried to take the picture.

Friday, May 25, 2007

Face book users form a group to free the kinboo,and makes a petittion.

a group of face book users have joined the 'free kinboo' campaign.you can visit the group from here.There are many activities goin on in this group, like ;an event at kudakudhinge bageechaa to call for its freedom,a T-shirt designing competition..etc.

They have also created a petition calling the chief of the Maldivian armed forces,Highest authority of Islam in Maldives,Chief scout,Zaeemu of Dhivehirayyithunge Party,husband of Society for health education founder Nasreenaa Ibrahim,father Deputy Minister for foreign affairs Ms.Dunya Maumoon,Maldivian President etc etc... General,Sheikh-ul-usthaaz Maumoon Abdhul Qayom al mahaldheebee to free the kinboo (who was imprisoned by the Maldivian Army,and now is at kudakudhinge bageechaa prison).so please make sure u sign the petition here.

Sunday, May 13, 2007

ކިނބޫ މަރާލަން ރާވަމުން އެބަދޭ

މައުމޫނުގެ ސަރުކާރުން ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބޫ ހައްޔަރު ކޮށްފައި ބާއްވައިގެން މަރާލަން އުޅޭކަމުގެ ހަބަރުތަކެއް އެމްސީޕީޑަބްލިޔު އަށް ލިބިއްޖެއެވެ.ހަބަރު ދިން ފަރާތުން ހާމަކޮށްފައިވާގޮތުގައި ސިފައިންގެ ބެލުމުގެ ދަށުގައި ހައްގުން ކަމަކާނުލާ ހައްޔަރުކޮށްފައި އޮތް މައުސޫމު ކިނބޫ މަރާލުމަށްފަހު ދަރުބާރުގެޔާ ދިމާއިން މޫދަށް އެއްލާލުމަށް ސިފައިންގެ އިސްވެރިން އާދަން ޒާހިރުގެ ސީދާ އަމުރުވެރިކަމުގެ ދަށުން މައުމޫނުގެ އެދުމަކަށް ވަނީ މަސައްކަތް ފަށާފައެވެ.އަދި މިމީހުން އާއްމުކޮށް ކަންތައް ކުރާފަދައިން މިފަހަރުވެސް 'މިއީ ވަރަށް ނުބައި ކިނބުލެކޭ'،'ޕާޓޭ އެކޭ' ކިޔައިގެން އަޑު އެރުވުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.ޓީވީއެމް އިން މިކަމާ ބެހޭ ރިޕޯޓްތައްވެސް މިހާރުވަނީ ތައްޔާރުކުރަން ފަށާފައެވެ.މިކަމުގައި އިސްކޮށް އުޅެނީ ހަފްސީ އަބްދުﷲ އާއި ސުލޭމާނު (ސުލޭ) ކަމަށް ހަބަރުލިބިފައިވެއެވެ.ހަލީލު ޓީވީން ވަކިކޮށްފައިވަނީ އޭނާ މިކަމުގައި ބައިވެރިވުމަށް ޖެހިލުންވުމުންކަމަށްވެސް ވެއެވެ.

އެހެންފަހަރު ތަކާ ޚިލާފަށް މިފަހަރު މިމީހުން ވަނީ ޕްރޮޕެގެންޑާ ފަތުރަން މާނުރައްކާތެރި އުކުޅެއް ބޭނުން ކުރަން ފަށާފައެވެ. އެއީ ،ރާއްޖޭގެ އާބާދީ ގެ ދެބައި ކުޅަ އެއްބަޔަށްވުރެ ބޮޑުބައި (ޚާއްސަކޮށް އަންހެނުން) އެއެއްޗަކަށް އެޑިކްޓުވެފައިވާ ހިންދީ ޑްރާމާ ސީރީސްތައް (އާއްމުކޮށް ކިޔާގޮތުންނަމަ ކަސޯޓީތައް) ބޭނުންކޮށްގެން މިކަންކުރުމެވެ. މިގޮތުން ކިނބުލާމެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް މައުމޫނުގެ ސަރުކާރުންވަނީ އެކްތާ ކަޕޫރާ
ާ ގުޅައިގެން މަސައްކަތްތަކެއް ފަށާފައެވެ.

މިގޮތުން ދާދިފަހުން' ކަސޯޓީ ޒިންދަގީކޭ' ގައި، ކިނބުލަކީ އަނިޔާވެރި އެއްޗެއްކަން ދެއްކުމަށްވަނީ މަސައްކަތްކޮށްފައެވެ. މިމީހުންވަނީ 23 އޭޕްރީލް2007ަވަނަދުވަހުގެ 'ކަސޯޓީ ޒިންދަގީ ކޭ' ގެ އެޕިސޯޑްގައި އޭގާ އުޅޭ އަނޫރާގު އަށް ކިންބުލެއް ހަމަލާ ދޭ މަންޒަރު ވަރަށް ދިގުކޮށް ދައްކާފައެވެ.ކަސޯޓީއާ ބެހޭ ތަޖުރިބާ ކާރެއް ހާމަކުރައްވާފައިވާ ގޮތުގައި މިއީ މިހާދިގުކޮށް ދެއްކުން ބޭކާރު މަންޒަރެކެވެ.އަދި ކަސޯޓީތަކުގައި އާއްމުކޮށް މިފަދައިން މަންޒަރުތައް ދިގުދެންމިނަމަވެސް މިއީ މީގެ ކުރިން އެކްތާ ކޮށްފައި ނުވާ ޒާތުގެ ކަމެއް ކަމަށާއި މީގެ ފަހަތުގައި ފޮރުވިފައިވާ ކޮންމެސްވެސް 'އެހެން ކަމެއް' ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޕްރޭނާ ، (ބަޑިޖަހާފައި) އަނޫރާގު މަރާލަނީ އަނޫރާގު؛ ބަޖާޖު މަރާލި ކަމަށް ހީކޮށެވެ.(މި ފުރުސަތުގައި ބަޖާޖު މަރުވުމުގެ ހިތާމާގައި ދިވެހި ރާއްޖޭގެ އެއްމެހާ ކަސޯޓީ ބެލުން ތެރިންނަށް ވަރަށް އިޚުލާސްތެރިކަމާއެކު އިބްތިލާހުވެ ހުރެ ތައުޒިޔާ ފޮނުވާލަމެވެ.) އެހެން ނަމަވެސް އަނޫރާގު ގަޔަށް ބަޑި ޖަހާ މަރާލުމަށްފަހު ދެން އެތަނަ ކިންބުލެއް އައިސް އޭނާ ހަފާ ކުދިކުރާ މަންޒަރު ދެއްކުން އެއީ ބޭކާރު ކަމެކެވެ،
އެމްސީޕީ ޑަބްލިޔުއިން އެކްތާ ކަޕޫރުގެ މިނުބައި އަމަލު ކުށްވެރިކުރަމެވެ، އަދި މައުމޫނުގެ އަނިޔާވެރި ކަމުގައި އޭނާ ބައިވެރިވާނަމަ އޭނާ ގެ ގޭދޮރުމައްޗަށް ކޮތަރުސީލުމާ މުޒާހަރާކުރަން އެއްވުން ގިނަވެދާނެ ކަމުގެ އިންޒާރުވެސް ދެމެވެ.

ތިރީގައި މިވަނީ އެ އަނިޔާވެރި މަންޒަރުގެ ވީޑިޔޯއެވެ،

(ނޯޓް: ހިތްބަލި މީހުންނާއި މާބަނޑު އަންހެނުން އަދި ކުޑަކުދިން މި މަން ޒަރުތަށް ބެލުން މާރަނގަޅެއްނުވާނެ.އަދި މިއީ އެއްވެސް ހާލެއްގައި ކިނބުލުގެ އަސްލު އުޅުން ހުންނަ ގޮތެއްވެސް ނޫން.,ނަމަވެސް ބައެއް ސްޓާރ ފޯސް މީހުންގެ އުޅުން މިހެން ހުރޭ.)

އ.ހ






To download and save the video; right click here ,save the file and rename it as 'kinboo.avi'



ނިންމާލަމުން ބުނަންއޮތީ؟

ނިންމާލަމުން ބުނަން އޮތީ ކިނބޫ މަރާލާފައި، އެއްލާލައިގެން ލިބޭނެ އެއްވެސް ފައިދާ އެއް ނޯންނާނެއޭ.އެސޮރުގެ ހަށިގަނޑުނަގާ އެމެރިކާ އަށް ފޮނުވައިގެން ޕޯސްޓްމޯޓެމް ވެސް ހަދާނަމޭ.އެމްސީޕީ ޑަބްލިޔުއަކާ ކުޅިކުޅިވަރެއް ނުކުޅެވޭނެޔޭ.
އަދި ނިންމާލަމުން މައުމޫނަށް ރައްދު ދޭނީވެސް (އޭނާ ބޭނުންކުރަމުން މިދާ އުކުޅާ ގުޅޭގޮތުން) ސީދާ ހިންދީ ލަވަޔަކުންނޭ!
ލަވަ އާއި އޭގެ ދިވެހި ތަރުޖަމާ:

ޖަބްހަމް ޖަވާނ ހޯގޭ.
ޖަހައިފިއްޔާ ޖަހާނަމޭ.

ޖާނޭ ކަހާނ ހޯގޭ.
ޖަހާފައި (ފިލަން ވަންނަންވެގެން) ދާނީ ވެސް ، ވަންނާނީވެސް ކޮން ތާކަށްހޭ؟

ޖަހާނ ހޯގޭ ވަހާ ފަރިޔާލް ކަރޭނގޭ.
ޖަހާ ފައި (ފިލަންވެގެން ގޮސް) ފަރިޔާލުމެންގެއަށް ވަދެ އޮތަސް، ނެރެފައިވެސް ޖަހާނަމޭ.

ތުމޭ ޔާދް ކަރޭނގޭ.
ހަބަރުދާރު!، ކަލޭ ހަނދާން ކުރައްޗޭ!!!

ނިމުނީ